ރާއްޖޭގައި މިހާރުގެ ފެތުރެމުންދާ ކޮވިޑް-19 ޙާލަތައް ރިޢާޔަތްކޮށް ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަން ކަނޑަ އަޅައި މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައި ވަނީ މިއަދު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 (އެސްއޭޕީ) އާ ގުޅޭގޮތުން މިދިޔަ މަހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ކުރައްވާފައިވާ މަޝްވަރާތަކަށް ރިޢާޔަތްކޮށް މަޝްވަރާތައް ކުރެވިގެން ގޮސްފައިވާ ކަަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
އަދި ހުރިހާ ސެކްޓަރުތަކުންވެސް ކުރިއަށްއޮތް 2 އަހަރަށް އިސްކަންދެއްވައިގެން ކުރައްވާނެ ކަންތައްތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މިކަންތައްތަކަށް ޢަމަލުކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.




