އަދީބުގެ މައްޗަށް ކުރެވޭ 7 ދަޢުވާއެއް އަލުން ބެލުމަށް ހައިކޯޓުން ކްރިމިނަލް ކޯޓުގެ މައްޗަށް ހުކުމް ކުރުމުން އެ 7 މައްސަލައިގެ ޝަރީއަތް އަލުން މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ޝެޑިއުލް ކޮށްފިއެވެ.
އަދީބުގެ މައްޗަށް ކުރެވުނު 7 ދައުވާއެއް ކްރިމިނަލް ކޯޓުން ދައުލަތުން ވަނީ ހައިކޯޓުގައި އެމައްސަލަ އިސްތިޢުނާފު ކޮށްފައެވެ. އަދި ހައި ކޯޓުން ވަނީ އެ 7 މައްސަލަވެސް އިބްތިދާޢީ އަޑުއެހުމުން ފެށިގެން ައަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް މި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު ހުކުމް ކޮށްފައެވެ.
އެގޮތުން މާދަމާ މެންދުރުފަހު 3:00 ޖަހާއިރަށް މި 7 މައްސަލަވެސް ވަނީ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައެވެ. އަދީބުގެ މައްޗަށް ކުރެވޭ 7 ދަޢުވާއަކީ މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
ހައިކޯޓުން އޭރު ހުކުމް ކޮށްފައިވަނީ އަދީބު ރިމާންޑު ޖަލެއްގައި 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓުން އަލުން އެ 7 މައްސަލަވެސް ބެލުމަށެވެ.
އަދީބު ވަނީ ހައިކޯޓުގައި ބޭއްވި ޝަރީޢަތުގެ އަޑުއެހުމެއްގައި އަދީބު ވަނީ ކުރިޔަށް އޮތްތަނުގައިވެސް މި މައްސަލަތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި މިމައްސަލަތަކަކީ ކްރިމިނަލް ކޯޓުންވެސް ބަލާ ނިންމަން ޖެހޭ މައްސަލަތަކެއް ކަމަށާއި އަވަހަށް މައްސަލަތައް ނިންމައި ދެއްވުމަށް ހައިކޯޓުގައި އެދިލައްވާފައެވެ.
އަދި މިސަރުކާރުގައި މި މައްސަލަތައް ބަލާ އިންސާފުވެރި ޝަރީއަތެއް ހިންގުމުގެ ގާބިލުކަމާއި އިހުލާސްތެރިކަން އެބަހުރިކަމަށްވެސް އަދީބު ވަނީ ހައިކޯޓުގެ އަޑު އެހުމެއްގައި ވިދާޅުވެފައެވެ.