ޕޮލިސް ސާޖަންޓް އާދަމް ހަލީމް ޑިއުޓީގައި އުޅެނިކޮށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ހައިކޯޓުން ނިންމައިފިއެވެ.
އާދަމް ހަލީމަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ 2012 ޖުލައި 23 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ޑިއުޓީއަށް ދިޔަ މަގުމަތީގައެވެ. އާދަމް ޙަލީމް މަރާލިކަމުގެ ކުއް ސާބިތުވެ ކ. ކާށިދޫ ސުވާސާގެ، މުޙައްމަދު ސަމާޙު ގެ މައްޗަށް މަރަށް މަރު ހިފުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައި ވަނީ 2013 ޖަނަވަރީ 14 ވަނަ ދުވަހުއެވެ.
އާދަމް ޙަލީމު މަރުވެފައިވަނީ އެނާއަށް ތޫނު އެއްޗަކުން ދިން ހަމަލާއަށް ފަރުވާކުރަމުންދަނިކޮށް 23 ޖުލައި 2012 ދުވަހުއެވެ.
ސަމާހު އޭނާއަށް ހަމަލާދީފައި ވަނީ އާދަމް ޙަލީމް ޑިއުޓީއަށް ދިޔަ މަގުމަތީ އޭރު ގޭބަންދުގައި ހުރި ސަމާޙް ފެނުމުން އޭނާ އަށް ނަޞޭހަތް ދީފައި ވަނިކޮށެވެ.
އާދަމް ޙަލީމް މަރާލި މައްސަލާގައި އޭނާގެ ވާރިސުން ވަނީ މަރަށް މަރު ހިފުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް ސަމާޙު މެރުމަށް ކޮށްފައިވާ ޙުކުމް ތަންފީޒު ކުރެވޭނީ ސްޕްރީމް ކޯޓުން މި ޙުކުމް ދަމަހައްޓައިފިނަމައެވެ.
(ތަފްޞީލް އަންނަނީ)