ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް | ފޮޓޯ: މިހާރު

ކުރިން ފާޑުކީ ކަންކަން ނުކޮށްގެން، މިހާރު ކިޔަނީ ކުރާ ކަންކަން ގިނަކަމުން: މަޙްލޫފު

ފާޑުކިޔުމާއި މަލާމަތް ކުރިން އަމާޒުވަމުންއައީ ކަންކަން ނުކޮށްގެންކަމަށާއި، ނަމަވެސް މިހާރު ފާޑުކިޔަނީ ކުރާ ކަންކަން ގިނަކަމުންކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް ވިދާޅުވީ، އިރާދަކުރެއްވިއްޔާ ޔޫތު މިނިސްޓްރީގެ މެންޑޭޓު ތެރެއިން ޒުވާނުންނާއި ގުޅިގެން ކުރަންޖެހޭ ހުރިހާކަމެއްވެސް ބަރާބަރަށް ކުރިއަށްދާނެކަމަށެވެ. އަދި ކުރިއާ ޚިލާފަށް މިހާރު ކުރާ ކަންކަން ގިނަކަމުން ފާޑުކިއުންތައް އަމާޒުވެފައިވާކަމަށާއި، ނަމަވެސް މީގެކުރިން ފާޑުކިއުމާއި މަލާމަތް ކުރަމުންދިޔައީ ކަންކަން ނުކޮށްގެންކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފްގެ މިނިސްޓަރުކަމުގެ ދަށުން މީގެއެތަކެއް ދުވަސްކުރިން އެކި ރަށްރަށުގައި ޒުވާނުން ދެކެމުން އައި ހުވަފެންތަކުގައިވަނީ ކުލަ ޖެހިފައެވެ. ޒުވާނުން ބޭނުންވާފަދަ ކޮލިޓީ އެތަށް ދަނޑުތަކެއް ޔޫތު މިނިސްޓްރީއިން މިހާރުވަނީ ނިންމާފައެވެ. އަދި މިހާރުވެސް އެތަށް ދަނޑެއްގެ މަސައްކަތްދަނީ ކުރެވެމުންނެވެ.

ފުޓްބޯޅައިގެ އިތުރުންވެސް ރާއްޖޭގައި ކުޅެވޭ އެހެން ކުޅިވަރުތަކަށްހުރި ގޮންޖެހުންތައް ޙައްލުކުރުމުގައި މަޙްލޫފްކުރައްވާ ބުރަ މަސައްކަތްވެސް ފާހަގަކޮށްލެއެވެ.

ޔޫތް މިނިސްޓްރީން މިހާތަނަށް އައިއިރުފަސް ރަށެއްގެ ދަނޑުގައި ޓާފު އެޅުމުގެ މަސައްކަތްވަނީ ނިންމާލާފައެވެ. އަދި އިތުރު 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ސެޕްޓްރުމަހުގެ 28 ވަނަ ދުވަހު ވީއޭއެމްކޯއާއިވަނީ ޙަވާލުކޮށްފައެވެ. ޔުތް މިނިސްޓްރީން ވިދާޅުވެފައި ވަނީ ޓާރފް އެޅުމަށް ހަވާލުކުރި މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ. ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ