ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް އިން މަޝްހޫރު ވެގެންދިޔަ ކައިލީ ޖެނާގެ މޭކަޕް ކޮމްޕެނީގެ ކަސްޓަމަރުންގެ މައުލޫމާތުތައް ވަގައް ނަގައިފިއެވެ.
ކައިލީގެ ކޮމްޕެނީއިން ވަނީ ކަސްޓަމަރުންގެ ނަމާއި އެޑްރެހާއި އަދި ކްރެޑިޓް ކާޑުތަކުގެ ފަހު 4 އަދަދުގެ މައުލޫމާތުތައް ވަގަށް ނަގާފައިވާކަމަށް ކަސްޓަމަރުންނަށް އަންގާފައެވެ.
ޝޮޕިފައި އިން ބުނެފައިވަނީ، އެ ކުންފުނީގެ ސަޕޯޓް ޓީމުގެ 2 މުވައްޒަފުން، 100 އަށް ވުރެ ގިނަ ކަސްޓަމަރުންގެ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށެވެ.
ބައެއް މައުލޫމާތުތައް ވަގަށް ނަގާފައިވީ ނަމަވެސް ޝޮޕިފައި ވެބްސައިޓުން ކަސްޓަމަރުންނަށް ތަކެތި ގަނެވޭނެ ކަމަށް ކައިލީ ކޮސްމެޓިކްސް އިން ބުނެފައިވެއެވެ.
ކަސްޓަމަރުން އެ ކޮމްޕެނީ އަށް ކުރާ އިތުބާރު ވަރަށް މުހިންމު ކަމަށާއި މި މައްސަލަ އިތުރަށް ބަލަމުންދާ ކަމުގައި އެ ކުންފުނިން ކަސްޓަމަރުންނަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅައި މިފަދަ ކަންކަން ކުރިއަށް އޮތްތާގައި ތަކުރާރު ނުވާނެ ކަމަުގެ ޔަގީންކަން ޝޮޕިފައި އިން ދީފައިވެއެވެ.
މިދިޔަ އަހަރުގެ ބިލިއަނަރު ކައިލީ ޖެނާ ވަނީ އޭނާގެ ކުންފުނީގެ ގިނަ ހިއްސާތައް 600 މިލިއަން ޑޮލަރަށް ވިއްކާފަލައެވެ. އެގޮތުން މިހާރު އެ ކުންފުނީގެ 51 އިންސައްތަ ކޮންޓްރޯލް ކުރަނީ "ކޮޓީ" އިންނެވެ.




