ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ބައްލަވައިގެންފިއެވެ.
އިތުބާރު ހުރި މަސްދަރަކުން “ފެށުން” އަށް މައުލޫމާތު ދިން ގޮތުގައި ގާސިމް ކައިވެނި ބައްލަވައި ގެންނެވީ ރާނިޔާ ނަމަކަށް ކިޔާ މާމިގިލީ ބޭކަނބަލަކާއިއެވެ.

ގާސިމްގެ މިކައިވެނި ސަން އައިލެންޑް ރިސޯޓުގައި ބައްލަވައިގެންފައިވާއިރު، ކައިވެނި ބައްލަވައިގަނެފައިވަނީ އުމުރުފުޅުން ހަގު ޒުވާން ކަނބަލަކާއެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ހަފުލާ އޮތީ ވެސް ސަން އައިލެންޑުގައެވެ.
ގާސިމް އާ ކައިވެންޏެއް ބައްލަވައިގެންފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވަރިކުރެއްވުމަށްފަހު ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދިޔަ ނަމަވެސް ގާސިމް، ނަހުލާ ވަރިކުރައްވާފައި ނުވާ ކަމަށް މިނޫހަށް ވަނީ އިތުބާރު ހުރި ފަރާތަކުން މިނޫހަށް ކަށަވަރު ކޮއްދެއްވާފައެވެ.



