ކޮވިޑް-19: އިންޑިއާއިން އިތުރު 519 މަރު!

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން އިތުރު 519 މީހަކު މަރުވެއްޖެއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 47,008 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ. މިއާއެކު މިދިޔަ 24 ގަޑިއިރުތެރޭ މުޅި ދުނިޔެއިންވެސް އެންމެ ގިނަ ބަޔަކަށް މިބަލި ޖެހުނު ޤައުމަކަށް ވެފައިވަނީ އިންޑިއާއެވެ.

މިދިޔަ ހަފްތާއެއްހައި ދުވަހަށް ބަލާއިރުވެސް އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އިތުރު އެތައް ހާސް ބަޔަކު ޕޮޒިޓިވްވެ އިންޑިއާގެ ހާލަތު ގޯސްވެފައި ވާއިރު، އެޤައުމުން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 6,438,968 އަށް އަރާފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު އެތައް ސަތޭކަ ބަޔަކު ހިމެނޭހެން، މިހާތަނަށް ޖުމްލަ 100,323 މީހަކު ވަނީ މަރުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ