މިއަދަކީ އައްޑޫ އާއި ހުވަދޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދު އަތޮޅާއި ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ އައްޑޫ އަދި ހުވަދޫ ރައްޔިތުންނަށް އުފާވެރި ދުވަހެއް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް ހަސަން ލަތީފް ވަނީ މަރުޚަބާ ދަންނަވާފައެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ވަޢުދުތައް ފުދެމުންދާތަން ފެނުމަކީ ޕާޓީގެ މެންބަރުންނާއި ރައްޔިތުންނަށް އިތުބާރު އާވާ ކަމެއް ކަމަށެވެ.
Miadhakee #Addu adhi #Huvadhoo ge Rayyithunnah ufaaveri dhuvaheh. Marhaba @MDPSecretariat adhi Sarukaaru. Partyge vaudhuthah fudhdhamun dhaa than fenumakee Partyge memberunnaa Rayyithunnah ithubaaru aa vaa kameh. ????????????????
https://t.co/AMf5MYgGS0— Hassan Latheef???? (@HassanLatheef) October 3, 2020
ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އައްޑުއާއި ހުވަދުއާ ދޭތެރޭގައި ސީ ޕްލޭން ދަތުރުތައް ފެށުމުގެ މަސައްކަތުގެ އިތުރުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލާއި، ކާގޯ ފެސިލިޓީސްއާއި، އެއަރޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި އެހެނިހެން ވަޞީލަތްތައް ތަރައްޤީކުރުމަށް އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ކޮމްޕެނީއާ އެކުގައި މުހިންމު މަޝްރޫއެއް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރެވެމުންދާކަމުގައި އިކޮނަމިކް މިނިސްޓްރީން ވަނީ ދާޅުވެފައިވެއެވެ.



