މަސްތުވާތަކެތި މަދުކުރެވެނީ، މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް މި ސަރުކާރުން ހިމާޔަތް ނުދޭތީ: އިމްރާން

މަސްތުވާތަކެތީގެ ސްޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނަށް މި ސަރުކާރުން ހިމާޔަތް ނުދޭތީކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި މިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގައި ބަޔަކު މީހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވަނިކޮށެވެ.

އިމްރާން ވިދާޅުވީ، 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގައި ، ހާއްސަކޮށް، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ހުނަރާއި ޤާބިލުކަން ބޭނުންކޮށްގެން ކަމަށެވެ.

އައްޑޫ ސިޓީގައި ފުލުހުން އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އައްޑޫސިޓީ ހިތަދޫއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި، 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ