ބެލްކަނިން ގަނޑު އުކައިގެން ފިރިހެނެއްގެ ހިތްއަތުލި އަންހެން ކުއްޖާ!

މިއީ ކޮންމެ ރެއަކު ދަންވަރު އެކަނި ނިކުމެ ގެ ކައިރި ގޯޅީގަނޑުގައި ހުންނަ ފިރިހެން ކުއްޖާއަށް ތިންވަނަ ފްލޯއިން ހިތްދެވުނު ދިވެހި އަންހެންކުއްޖެއްގެ ވާހަކައެވެ.

މިއީ 2019 ވަނަ އަހަރު ރޯދަމަހުގެ ތެރޭގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޝާޔާ (އަސްލުނަމެއް ނޫން) އިތުރަށް ކިޔެވުމަށްޓަކައި އަމިއްލަ ރަށްދޫކޮށް މާލެ ބަދަލުވީ މީގެ 3 އަހަރު ކުރިންނެވެ.

ކުދިންބަހައްޓާ ގެއެއެއްގެ 3 ވަނަ ފްލޯރ ގައި ޝާޔާއާއި އޭނާގެ 2 ރޫމްމޭޓުން އުޅެމުންދިޔައީ ހިތްހަމަޖެހުމާއި މަޖަލާއެކުގައެވެ. ގިނަބަޔަކު ދިރިއުޅޭ ގެޔަކަށް ނުވުމުން މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު އޮންނަނި ޝާޔާމެންނަށް ލިބިފައެވެ. ކޮލެޖުން އައިސް ކިޔެވުމަށްފަހު ލިބޭ ހުސްވަގުތުތައް ބެލްކަނީގައި ހޭދަކުރުމަކީ ޝާޔާގެ އާދައެކެވެ. ދަންވަރުގެ ގިނަ ވަގުތުތައްވެސް ބެލްކަނީގައި ހޭދަކުރަން ފެށުނީ ރޯދަމަސްކަމުން އަވަހަށް ނިދުމުގެ އާދަ ހަރުލާފައި ނެތުމުންނެވެ.

އާދައިގެމަތިން އެރޭވެސް ޝާޔާ ބެލަންޏަށް ނިކުތީ ފޫހިވެގެން ހިތްހަމަ ޖައްސާލުމަށްޓަކައެވެ. އެރޭ ޝާޔާގެ ލޮލުގައި އަޅާއިގަތީ ސައިކަލެއްމަތީ އިށީންދެހުރި ރީތި ޒުވާން ފިރިހެނެކެވެ. ބަލާ ބެލުމަށް އިސްކޮޅުން ދިގުހެން ހީވެއެެވެ. މާ ބޮޑަށް ބުޅި ނޫން އިސްތަށިގަނޑުގައި އަތް ހާކާލާ ގޮތްވެސް ހިތްގައިމެވެ. މީގެކުރިން ފެނިފައިނުވާ މޫނެކެވެ. އޭރުގަޑިން ގާތްގަނޑަކަށް ދަންވަރު 2 ޖަހަންއުޅެއެވެ. ކުޑައިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ޝާޔާ އެތެރެއަށްވަނީ ނިދުމުގެ ހިޔާލުގައެވެ. ނަމަވެސް ލޮލަށް ނިދިނައުމުން ދެވަނަ ފަހަރަށް ބެލްކަންޏަށް ނިކުމެލިއިރު އެ ޒުވާނާ އެއިންގޮތަށް މިފަހަރު އިނީ ސިނގިރޭޓެއް ރޯކޮށްލައިގެންނެވެ. ކީއްވެކަމެއް ނޭނގުނެވެ. އެމަންޒަރުވީ ޝާޔާއަށް ހިތްގައިމު މަންޒަރަކަށެވެ.

މިގޮތަށް ދެރޭ ފާއިތުވެގެން ދިޔައިރުވެސް ކޮންމެ ރެއަކު ދަންވަރު އެޒުވާނާ ފެނެއެވެ. 3 ވަނައަށްވީރޭ ރޫމްމޭޓުން ގޮވައިގެން ޝާޔާ ބެލްކަންޏަށް ނިކުތީ ލޯބި ބިޓެއް ދައްކާލަންކަމަށް ބުނެއެވެ. އެ ޒުވާނާ ފެނުމުން، ޝާޔާގެ ރޫމްމޭޓޫން ޝާޔާއާއި ދިމާލަށް "ހިތްކީތަ؟ ލޯބިވީތަ؟ ގޮވާލަދޭންވީތަ؟ ނޫނީ ސެޓްކޮށްދޭންވީތަ؟" މިފަދަ ބަސްތައްބުނެ ދިމާކޮށް ހޭންފެށީ އެ ޒުވާނާއަށް އަޑުއިއްވުމުގެ ނިޔަތުގައެވެ. ރަށްޓެހިން ބޭނުންވިގޮތަށް އެ ޒުވާނާގެ ނަޒަރު ޝާޔާމެންނަށް އަމާޒުވިއެވެ. ނަމަވެސް ދެވަނަ ނަޒަރެއްނުދީ އެ ޒުވާނާ ފޯނާ ކުޅެން ފެށުންވީ އިތުރަށް އެ ނުދަންނަ ޒުވާނާއަށް ހިތްޖެހުނު ކަމަކަށެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެ ޒުވާނާއާއި ވާހަކަ ދެއްކުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ދަންވަރު ނޫން ވަގުތުތަކުގައި މިޒުވާނާ ނުފެންނާތީ ޝާޔާގެ ހިތުގައިވަރަށް ސުވާލުއުފެދުނެވެ. ދުވާލުވަގުތުގައި ގޯޅީގަނޑުތެރެއިން ހިނގާފާދާއިރު ވަށައިގެން ނަޒަރުހިންގާލެވެނީ މި ޒުވާނާ ފެންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ކޮންމެދުވަހަކުވެސް ލިބެނީ މާޔޫސްކަމެވެ. މި ގޮތްނޭނގޭ ޒުވާނާ ދެކިލަން ބޭނުންނަމަ ދަންވަރު 12 ގެ ފަސްވަންދެން އިންތިޒާރުކުރުންނޫން ގޮތެއް ޝާޔާއަކަށް ނޯވެއެވެ.

ޝާޔާ ވަރަށް ވިސްނުމަށްފަހު ނިންމީ މި ޒުވާނާއާއި ކޮންމެސް ގޮތަކުން ވާހަކަދެއްކުމަށެވެ. އެހެންކަމުން ގަޑިގުނަން ފެށީ މިޒުވާނާ ފެންނާނެ އިރަކަށެވެ. މި ޒުވާނާ ނިކުންނަންދެން ބެލްކަނީގައި ޝާޔާއާއި އޭނާގެ ރައްޓެހިން ދިޔައީ އިންތިޒާރުކުރަމުންނެވެ. އިންތިޒާރަށް ނިމުމެއްއައި ގަޑިއެއްހާއިރުފަހުން އެ ޒުވާނާ ގެއިންނިކުމެގެން އައިސް ސައިކަލުމަތީ އިށީންނުމުންނެވެ. ގޮތްނޭނގޭ ޒުވާނެއްކަމުން ދަންވަރުގެ އެވަގުތު ވާހަކަދައްކާލުމަށް ތިރިއަށް ފައިބާކަށް ނުކެރުނެވެ. އެހެންވެ ރޫމްމޭޓުން ނިންމިގޮތަށް ގަނޑުކޮޅެއްގައި "ހެލޯ" ޖެހުމަށްފަހު އެޒުވާނާއާއި ދިމާތިރިއަށް އެއްލީއެވެ. ނަމަވެސް އެއްލި ފުރަތަމަ ގަނޑުކޮޅު ޒުވާނާއާއި ހަމައަށް ފޯރާގޮތެއް ނުވިއެވެ. މިގޮތަށް ޒުވާނާއާއި ހަމައަށް ގަނޑެއް އެއްލުނީ އެތައް ބުރަ މަސައްކަތަކުންނެވެ. ބޭކާރު ކިތަންމެ ގަނޑެއެއް އުކިފަހުންނެވެ. ގަނޑުކޮޅު އައިސް ޒުވާނާއަށް ފެންނަ ހިސާބު ބިންމަށްޗަށް ވެއްޓުމުން ޒުވާނާ މައްޗަށް ބަލާލިއެވެ. އެވަގުތު ޝާޔާ އަތުގެ އިޝާރާތުން ގަނޑުކޮޅު ނެގުމަށް ބުނުމުން ޒުވާނާ ގާތަށްއައީ ނުލަފާ ހިންޏެކެވެ. ލަދުވެސް ގަތެވެ. އެކަމު ވާހަކަ ދައްކަން ބޭނުންނަމަ މި ނޫން ގޮތެއްވެސް ނެތެވެ. ގަނޑުކޮޅު ކިޔާލުމަށްފަހު އަތުގެ އިޝާރާތުން "ހާއި" ޖަހާލުމަށްފަހު ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއަށް ފަހު އަނެއްކާވެސް ފެށީ ފޯނާ ކުޅޭށެވެ. ވަރުގަދަ ފިރިހެނެއްތާއޭ ޝާޔާގެ ހިތަށްއެރިއެވެ.

އެތަށްބުރަ މަސައްކަތަކުން އެޒުވާނާގެ ޝައުގުވެރިކަންވެސް ދަމައިގަނެވުނެވެ. އެޒުވާނާވެސް ޝާޔާއާއި ވާހަކަ ދައްކަން ބޭނުންވާކަން އެނގުމުން ވީ އުފަލެއް ބުނެދޭކަށް ނޭނގުނެވެ. މިއަށް ލޯބި ވެސް ކިއިދާނެ ކަންނޭނގެއެވެ. މިގޮތަށް ގަނޑު އުކައިގެން ވާހަކަ ދައްކާތާ 2 ރޭފަހުން އެ ޒުވާނާ އިޝާރާތުން ފޯނު ނަމްބަރު ދިނުމަށް ބުންޏެވެ. ނަމަވެސް އަދިވެސް ފޯނު ނަމްބަރު ދޭން ޖެހުލުންވުމުން އެދުނީ އެ ޒުވާނާގެ ނަމްބަރު ބުނެދިނުމަށެވެ. އިނގިލިތަކުގެ އިޝާރާތުން ފޯނުނަމްބަރުގެ ކޮންމެ އަދަދެއް ވަކިވަކިން އެޒުވާނާ ތިރީގައިހުރެގެން ކިޔައިދިނެވެ. ނަމްބަރު ލިބުމުން ފަހުން މެސެޖް ކުރާނަންކަމަށްބުނެ ގަނޑުކޮޅެއް ޝާޔާ އެއްލިއެވެ.

ޖެހިގެންއައި ރޭ ޝާޔާ ވަރަށް ހިތްވަރުކޮށްފައި ކޮންމެ ގޮތެއްހެޔޮ ކަމަށް މި ޒުވާނާގެ ފޯނަށް "ހެލޯ" ޖެހުމަށްފަހު މެސެޖެއް ކޮށްލިއެވެ. ރިޕްލައި އައިލެއް އަވަސްކަމުން ހީވީ އިންތިޒާރުގައި އޮތްހެނެވެ. އެ ޒުވާނާ ރިޕްލައި ދިނީ "ފްރޮމް ތާރޑް ފްލޯރ؟" ތޯ އަހައި ސުވާލެއް ކުރަމުންނެވެ. ރިޕްލައި ފެނިފައި ޝާޔާއާއި ރޫމްމޭޓުންގެ ގާތަށް ހިނިއައެވެ. ޒުވާނާއަށްކިޔާ ނަންވެސް އެނގުނީ މިގޮތަށް ދެތިން މެސެޖެއް ކުރިފަހުންނެވެ. ހުޒާމް (ޒުވާނާގެ އަސްލުނަމެއް ނޫން) ބޭނުންވީ ޝާޔާގެ އަޑު އަހާލުމަށްކަމަށްބުނެ ގުޅުމުގެ ހުއްދައަށް އެދުނެވެ. ވަރަށް ލަދުންހުރެ ނަމަވެސް ޝާޔާ އެއްބަސްވުމުން ހުޒާމް ގުޅިއެވެ. އެއީ ދެމީހުންގެ އެކުވެރިކަން ފެށުނު ހިސާބެވެ. ދުވާލަށް ހުޒާމް ނުފެންނަ ސަބަބުވެސް އެނގުނީ އެހިސާބުންނެވެ. ވަޒީފާއަށްދާ ވަގުތު ފިޔަވައި ދުވާލުގެ އެހެން ވަގުތުތައް ހުޒާމް ނިދުމުގައި ހޭދަކުރާތީއެވެ. ދަންވަރު ނުނިދާ ސައިކަލުމަތީ ގިނަވަގުތު ޕަބްޖީ ކުޅެން ހޭދަކުރަންޏާ ވާނީވެސް އެހެންތާއެވެ.

މިގޮތަށް ދެ މަސްދުވަސް ފާއިތުވެގެންދިޔައިރު ހުޒާމްއާއި ޝާޔާގެ ގުޅުން އިތުރަށް ވަރުގަދަވެ މިސްރާބުދިޔައީ ލޯބީގެ ދުނިޔެއާއި ދިމާލަށެވެ. މިހެން ދުވަސްތައް ވޭތުވަމުންގޮސް ޝާޔާއާއި ހުޒާމްގެ ލޯބީގެ ހަޔާތުން އުފާވެރިކަމާއެކު ހަމަސް ފާއިތުވެގެން ހިނގައްޖެއެވެ. ޝާޔާގެ ކިޔެވުން ނިމުމުން އާއިލާގެ ރުހުމާއެކު ދެޒުވާނުންގެ ވިސްނުން މިހާރު ހުރީކައިވެންޏަކާއި ދިމާލަށެވެ.

މިއީ ގޮތްނޭނގުނަސް ތިންވަނަ ފްލޯއިން ތިރީގައިހުރި ހުޒާމްއަށް ޝާޔާގެ ހިތް ދެވުނުގޮތުގެ ވާހަކައެވެ.

މިލިޔުން ކިޔާލުމުން
910732624
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ފަލަކް.

    ވަރަށް ސަޅި ހާދަ ޔުނިކުގޮތަކަށޭ ހިތް ތިކީ ވަރަށް އިންޓްރެސްޓންގް ވާހަކަ އެއް..

    4
    1
  2. ގުރައުންޑު ފުލޯ

    މީ ސުމެއްގެ ލިޔުމެއް، ޢަހަރެން ސެޓުކުރިގޮތް ކިޔާލަދީފިއްޔާ އެއަށް ފިލްމެއް ކީއްކުރަން ސީރީޒްއެއްވެސް ހެދިދާނެ،،،،،

    12
  3. ޮކުރަނގި

    މަ ލޯބި ހޯދީ މިހެން ނުން. 4 އަހަރު ވަންދެން ބެލްކަނިން ބަލަން ހުރެ

    5
    1
    • Belkani

      Belkangneh lolah fenuniyyaa egeyne tha

    • ސަކީނާ

      އަހަރެން ލޯބި ހޯދީ ބެލްކަނީއިން ކުނިކޮތަޅު ހޫރައިގެން

  4. ޢޭންޖަލް އިން ބްލެކް

    ތި ސްޓޯރީގެ ދެވަނަ ބަޢި ނެތްތަ! ވަރަށް އިންޓްރެސްޓިންގް ސްޓޯރީއެއް

    22
    3
  5. ބިންގޯ

    މަވާ ހީކުރީ ދެތިން މަސް ނުވަތަ ދެތިން އަހަރު ވަންދެން ކަރުދާހުގަ ލިޔެގެން ހޯދި ލޯބެއްކަމަށް. ސުމެއް.

    23
    2
  6. ޗުމްކީ

    ލިޔެލާނެ އެއްޗެއް ހަމަ ނެތީތޯ؟

    15
    1
    • Rahdhu

      Dhen kae ehcheh liyelan v nu dhow

      4
      3
  7. Zuvaana

    Bodah heevanyliyuntheriyage amilla dhiriulhumugai dhimaavefai oihkameh hen..

    12
    5
  8. ޒޯޒޯ

    މި ދެން ކޯއްޗެއް

    15
    2
    • Koncheh

      Ekameh neygun kiyaa ninmaali iru.hahaha

      3
      1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ