މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ މުއްދަތު ޖަހައިފި

ފުލުހުން އިއްޔެ ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް އައްޑޫ ސިޓީގައި ހިންގަމުންދާ ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، އައްޑޫ ސިޓީން އިއްޔެ ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކޮށްފައިވަނީ ކޮންބައެއްކަމެއް ފުލުހުން އަދި ހާމައެއްނުކުރެއެވެ.

މިމައްސަލާގައި 13 މީހަކު ޙައްޔަރުކޮށްފައިވާއިރު، އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންގޮސްފައިވަނީ ހިތަދޫގައި ހުންނަ މެޖިސްޓްރޭޓް ކޯޓަށެވެ. އަދި އޭގެތެރެއިން ދެ މީހަކަށް ވާނުވާ ވަނީ ޖަހާފައިވާއިރު، 8 މީހެއްގެ ބަންދަށްވަނީ ފަސް ދުވަސް ޖަހާފައެވެ. ބާކީ ތިބި މީހުން އަދިވެސް ތިބީ ކޯޓުގައެވެ.

ކަނޑުމަތިން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި ހިމެނޭކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އަދި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓްގެ އިތުރުން މެރިން ޕޮލިސް އެންޑް ސައުތު ޕޮލިސް ޑިވިޝަނުން ގުޅިގެން މި މައްސަލަ ތަހުޤީގުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މައްސަލަ ކުރިއަށްދާ ވަރަކުން އެ މައްސަލާގައި ގުޅުންހުރި ކަންކަން ބައިނަލްއަގުވާމީ ފަރާތްތަކާ ހިއްސާކުރާނެ ކަމަށް ޕޮލިސް ކޮމިޝަނާރ މުޙައްމަދު ހަމީދު ވިދާޅުވަނީ ވިދާޅުވެފައެވެ.

އައްޑޫ އޮޕަރޭޝަން: 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ