އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާސަނަލް އެސިސްޓެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ރިޕޯޓަތައް ބުނާގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ޓްރަމްޕާއި ވަރަށް ގާތުން މަސައްކަތްކުރާ ނިކް ލޫނާއެވެ.
ޓްރަމްޕްގެ ޕާސަނަލް އެސިސްޓް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ފާއިތުވެ ދިޔަ ހަފްތާގައި އޭނާ ވަނީ ޓަރަމްޕާއި އެކު އެއާ ފޯސް ވަން ގައި އެތައް ފަހަރެއްގައި ދަތުރުކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޓަރަމްޕް ކުރެެއްވި ޓްވީޓެއަގައި ވިދާޅުވެފައިވަނީ، އޭނާއާއި، އޭނަގެ އަނބިކަނބަުން މެލާނިއާ ޓްރާމްޕް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެކަމަށެވެ.
ކޮވިޑް-19 އަށް ޕޮސިޓިވްވެ ފަރުވާ ހޯދަމުނުްދާ އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި އުންމީދަކީ އަވަހަށް ކެމްޕެއިން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޓްރަމްޕަށް ފަރުވާދެމުންދަނީ ވޯލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަގައެވެ. އެގޮތުން ފަރުވާދެއްވަން ފެށިފަހުން އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އިލެކްޝަމް ކޮމިޝަންގެ ކެމްޕެއިން ފެށިގޮތަށް އަވަހަށް ނިންމުމުގެ އުންމީދުކުރާކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ވޯލްޓަރ ރީޑް ނެޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރަގެ ފަރުވާދެމުންދާ ކޮޓަރިކޮޅުގައި އޮންނަވައި ޓްރަމްޕް ވިދާޅުވީ އެތަނަށް ދިޔައިރު ހާލު އެހާ ރަނގަޅު ނޫންކަމަށާއި އެކަމަކު މިހާރު ކުރިއަށްވުރެ މާ ރަނގަޅުކަން އިހުސާސް ކުރެވޭ ކަމަށެވެ.
ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެކަމަނާގެ ހާލުކޮޅުވެސް އަންނަނީ ރަނގަޅުވަމުންކަމުގައި ޓްރަމްޕް ވިދާޅުވިއެވެ.