ޤާސިމް އާއި ރައީސް ޞާލިހް

ޤާސިމްގެ ނަމުގައި ދޮގު ޓްވީޓެއް، ޖޭޕީ އޮތީ ސަރުކާރާއިއެކު: ޤާސިމް

ޤާސިމް އިބްރާހިމްގެ ނަމުގައި ދައުރުވަމުންދަނީ ޤާސިމް ކޮށްފައިވާ ޓްވީޓެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއިއެކު ކަމަށް ޤާސިމް ވިދާޅުވެއްޖެ އެވެ.

ޓްވީޓެއްގެ ސްކްރީން ޝޮޓަކާއިއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެޓްވީޓަކީ ޤާސިމް ކޮށްފައިވާ ޓްވީޓެއް ނޫންކަމަށެވެ. ޤާސިމް އާއި ޖުމްހޫރީ ޕާޓީވެސް އޮތީ ދިވެހި ރައްޔިތުންނާއި ސަރުކާރާއިއެކު ކަމަށް ޤާސިމް ވިދާޅުވެފައި ވެއެވެ.

ޤާސިމް ވިދާޅުވީ އެކަން ކޮށްފައިވަނީ ޤާސިމް އާއި ޖުމްހޫރީ ޕާޓީއަށް ކުރާ ތާޢީދު ގެއްލުވާލުމަށް ކަމަށެވެ.

ޤަސިމްގެ ނަމުގައި ދައުރުވަމުންދާ ދޮގު ޓްވީޓުގައި ބުނެފައިވަނީ ރައީސް ޔާމީން ޖަލުގައި އިންނެވުމަކީ މިއަދު ދިވެހި ގައުމު ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން އާއިއެކު މަސްވަރާއަށް ދާން ޖޭޕީ އޮތީ ތައްޔާރަށް ކަމަށާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ގައުމު ކުރިއަށް ގެންދެވުމަށް އެދިލައްވާ ކަމަށްވެސް އެޓްވީޓުގައި ބުނެފައި ވެއެވެ.

ކޯލިޝަނަށް ވަފާތެރިވެ ރައީސް ސޯލިހްގެ ފަހަތްޕުޅުގައި މަސައްކަތްޕުޅު ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ޤާސިމް ވަނީ މީގެކުރިންވެސް ވިދާޅުވެފައެވެ.

މިސަރުކާރުގެ ކޯލިޝަން ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށް ރައީސް ޔާމީން ސަރުކާރުގައި އިސްކޮށް އުޅެއްވި ބައެއް ފަރާތްތަކުން ވަޑައިގެންނެވުމާއިއެކު ޖޭޕީ އަށް ވަނީ ފާޑުކިޔުންތައް އަމާޒު ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ