ގްރޫމް ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފި

ގްރޫމް ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން (ތ. އަތޮޅާއި، ލ. އަތޮޅު) ގެ ރަށެއްގައި އެކި ދުވަސް މަތިން 14 އަހަރުގެ އަންހެން ކުއްޖަކު ގްރޫމް ކޮށް ޖިންސީ އަމަލު ހިންގުމަށް ހިތްވަރުދީ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމުގެ މައްސަލައެއް 2020 ސެޕްޓެންބަރު 30 ވަނަ ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން 2020 އޮކްޓޫބަރު 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 35 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކުޑަ ކުދިންގެ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ ނުވަތަ މައްސަލަ ހުށައެޅޭ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ވަރަށް ގިނައިން ފުލުހުންނަށް ހުށައެޅޭ މަސައްލަތަކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ