ބޭރުގެ ނުދަންނަ ނަންބަރަކުން އަންނަ ކޯލުތައް ނުނެގުމަށް ދިރާގުން އެދެފި

ބޭރުގެ ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި ގުޅުމަށް އެދި މެސެޖު ފޮނުވިޔަސް، އެޔަށް ޖަވާބުނުދިނުމަށް ދިރާގުން އެދެފިއެވެ.

ދިރާޤުން ކުރި ޓްވީޓެއްގައި ބުނީ، ބައެއް ކަސްޓަމަރުންނަށް މިފަދަ ކޯލު އަދި މެސެޖުތައް ލިބެމުންދާކަމަށެވެ. ނަމަވެސް ބޭރުގެ ނުދަންނަ ނަންބަރުތަކުން ގުޅުޔަސް އެޔަށް ޖަވާބު ނުދިނުމަށް ދިރާޤުން އިލްތިމާސްކޮށްފައިވެއެވެ.

 

 

ފަހަކަށްއައިސް، ބޭރުގެ ގޮތްނޭނގޭ ނަންބަރުތަކުން ފޯނުކޯލު އަންނަ ކަމަށް ބުނެ އެކި މީހުން ވަނީ މީސްމީޑީއާގައި އެވާހަކަދައްކާފައެވެ. އެގޮތުން ގިިނަ މީހުންނަށް މިފަދަ ކޯލުތައް އަންނަނީ ރަޝިއާގެ ނަންބަރުތަކުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ