ކުޅުދުއްފުށީގައި މިއަދު ރޭންޑަމް ސާމްޕަލް ނެގުން / ފޮޓޯ: ކޭއޯ

ކުޅުދުއްފުށިން އިތުރު ދެ ފުލުހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީ  ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެފުލުހަކު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށިން މިރޭ ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ މިއަދު ކުޅުދުއްފުށިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެކެވެ.

ކުޅުދުއްފުށީ ސިޓީއިން އެކަހެރި ކުރި 10 މީހުންގެ ތެރޭގައި ހިމެނެނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ.

މިއަދު ނެގި 23 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު ޕޮޒިޓިވްވެފައިވަނީ ދެ ސާމްޕަލެވެ. ފުލުސް އޮފިސަރުގެ ކޭސްއާ ގުޅިގެން ތިލަދުންމަތީގެ 10 ރަށެއްގައި 150 މީހުން ވަނީ އެކަހެރިކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި އާންމުގެ ތެރެއިން 66 މީހެކެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ