ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ހއ އަތޮޅު ދިއްދޫއިން ނެގި ސާމްޕަލްގެ ތެރެއިން ތިން ސާމްޕަލް ޕޮޒިޓިވްވެއްޖެއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު، އެކޭސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ތިލަދުންމަތީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވަނީ އެކަހެރިކޮށްފައެވެ.
އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކުޅުދުއްފުށިން ނެގި 10 ސާމްޕަލްގެ ތެރެއިން އިއްޔެވަނީ އިތުރު 2 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، އެއީވެސް ދެ ފުލުހުންނެވެ.
ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 150 މީހަކު އެކަހެރިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި އާންމުގެ ތެރެއިން 66 މީހެކެވެ.
މިހުރިހާ ފަރާތްތަކުގެ ސާމްޕަލް ނަގާފައިވާއިރު، މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ލިބޭނެކަމަށް ބެލެވެއެވެ.
								
											

