މައިންބަފައިންނަކީ ދަރިފުޅަށް ދޭން ޖެހޭ ހިމަޔަތާއި ރައްކާތެރިކަން އެންމެ ކައިރިން ދޭން ތިބޭނެ ބައެވެ. އެހެން ނަމަވެސް އެމެރިކާގައި އަވަށެއް ކަމުގައިވާ ޕެންސިލްވޭނިއާގައި ބައްޕައަކު އޭނާގެ 10 މަހުގެ އަންހެން ދަރިފުުޅު ރޭޕްކޮށްލައިފިއެވެ.
އުމުރުން 29 އަހަރުގެ އޮސްޓިން ސްޓެވެންސް ނަމަކަށްކިޔާ މި މީހާގެ 10 މަހުގެ ދަރިފުޅު ލިބުނު ޖިންސީ އަނިޔާގެ ސަބަބުން ވަނީ މިދުނިޔެ ދޫކޮށް ގޮސްފައެވެ. ދަރިފުޅަށް ޖިންސީ އަނިޔާ ކުރުމަށްފަހު ދަރިފުޅު މަރުވިތޯ ބެލުމަށް އޮސްޓިން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން އެމަޖެންސީ ނަމްބަރަށް ގުޅުމުގެ އެއްގަޑިއިރު ކުރިން އޮސްޓިން ވަނީ އޭނާގެ ފޯނުން ގޫގްލްގައި "ކިހިނެއް ހަދާނީ ބޭބީގެ ހިތުގެ ވިންދު އަޑު ނީވޭނަމަ؟ އަހަރެންގެ ދަރިފުޅު ނޭވައެއް ނުލާ، ދަރިފުޅު މަރުވެފައި އޮތްނަމަ އިނގޭނީ ކިހިނެއް؟" މިފަދަ އެއްޗެހި ސާޗް ކޮށްފައެވެ.
ޒަރާ ސްކްރަގްސް ނަމަކަށްކިޔާ މި ތުއްތު ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. އޮޓޯޕްސީ ރިޕޯޓްތަކުން ދައްކާގޮތުގައި ޒަރާ މަރުވެފައި ވަނީ ޖިންސީގޯނާ ކުރުމުގެ ސަބަބުން ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.
ރޭޕުކޮށް ދަރިފުޅު މަރާލިކަމުގެ މައްސަލައިގައި އޮސްޓިން މިހާރު ވަނީ ހައްޔަރުކޮށފައެވެ.



