ޕާކިސްތާނުންވެސް ޓިކްޓޮކް "ބޭން" ކޮށްފި

ޗައިނާގެ މީސްމީޑިއާ ވީޑިއޯ އެޕްލިކޭޝަން ޕާކިސްތާނުގައި ބޭނުންކުރުން އެގައުމުގެ މުއާސަލާތާއިބެހޭ އިދާރާއިން މަނާކޮށްފިއެވެ.

ޕާކިސްތާނުގެ މުއާސަލާތާބެހޭ އިދާރާއިން ބުނެފައިވަނީ ޓިކްޓޮކް ޕާކިސްތާނުގައި މަނާކޮށްފައިވަނީ އެ އެޕްލިކޭޝަންގައި ހިއްސާކުރަމުން އަންނަ އަހުލާގީ ފެންވަރު ދަށް ވީޑިއޯތައް ފިލްޓާ ކުރުމުގައި ޓިކްޓޮކްގެ އެއްބާރުލުން ނުލިބުމުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި ޕާކިސްތާނުގައި ޓިކްޓޮކް މަނާކޮށްފައިވަނީ އެ އެޕްލިކޭޝަންއާއި ގުޅޭގޮތުން ޕާކިސްތާން ސަރުކާރުގެ ގިނަ ފަރާތްތަކެއްގެ ޝަކުވާތައް ޕާކިސްތާނުގެ މުއާސަލާތާބެހޭ އިދާރާއަށް ހުށަހެޅުމާއި ގުޅިގެންނެވެ. އަދި ޓިކްޓޮކް މަނާކޮށްފައިވަނީ އެ އެޕްލިކޭޝަންއާއި ވާހަކަދައްކާ އަލިމަގެއް ނުފެނުމުން ކަމަށެވެ.

ޕާކިސްތާނުން ޓިކްޓޮކްއަށް ނުވަދެވޭގޮތް ހަދައިފައި މިވަނީ ޕާކިސްތާނުގެ އަވައްޓެރި އިންޑިއާއިންވެސް އެގައުމުގެ ސަލާމަތައް ޓިކްޓޮކް އަކީ ނުރައްކާތެރި އެޕްލިކޭޝަނެއް ކަމަށްބުނެ ޓިކްޓޮކް މަނާކޮށްފައި ވަނިކޮށެވެ.

އެމެރިކާ އަދި އޮސްޓްރޭލިއާއިންވެސް އަންނަނީ ޓިކްޓޮކްއާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ. ޓިކްޓޮކް އެޕްލިކޭޝަންއަކީ ޗައިނާގެ ބައިޓްޑާންސް އިން ހިނގާ ދުނިޔޭގެ ގިނަ ބަޔެއްގެ މަގުބޫލުކަން ލިބިފައިވާ އެޕްލިކޭޝަނެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ