ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު - ފޮޓޯ: މިހާރު

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

އާޒިމާގެ މައްޗަށް ދަޢުލަތުން ކުރާ 2 ދަޢުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ވަނީ މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައެވެ. އެގޮތުން މަނީ ލޯންޑްރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެއް ދަޢުލަތުން ވަނީ އުފުލާފައެވެ. ދަޢުލަތުން ކުރާ މި ދެ ދަޢުވާއަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓްގެ މައްސަލާގައި ކުރާ ދެ ދަޢުވާ އެވެ.

އާޒިމާގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައިވަނީ މެންދުރު 1:30 އަށެވެ. މިދިޔަ ސެޕްޓެމްބަރ މަހުގެ 27  ވަނަ ދުވަހުވެސް މި 2 މައްސަލައިގެ ޝަރީއަތް ތާވަލު ކުރުމަށްފަހު ވަނީ ފަސްކޮށްފައެވެ.

މި މައްސަލަ މިހާރު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމާއި ގޮތް ނިންމުން އޮންނާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

މަނީ ލައުންޑަރިންގެ މައްސަލައެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ