ކައިލީ އާއި ކެންޑަލް ތަޅާފޮޅައިފި!

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގައި، ކާޑޭޝިއަން-ޖެނާ އާއިލާގެ އެންމެ ހަގު ދެ ސެލެބްރިޓީން ކަމުގައިވާ ކައިލީ ޖެނާއާއި ކެންޑަލް ޖެނާގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާ، ހިނގާ ތަޅާފޮޅައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެއްކި މި ޝޯގެ އެޕިސޯޑުގައި ކައިލީ އާއި ކެންޑަލް ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، މީގެ ކުރިން އެ އާއިލާގެ އެންމެ ދޮށީ ދެ މެންބަރުންކަމުގައިވާ ކޯޓްނީ ކާޑޭޝިއަންއާއި ކިމް ކާޑޭޝިއަންއާއި ދެމެދުވެސް ވަނީ ހަމަނުޖެހުންތަކެއް ހިނގާ ތަޅާ ފޮޅާފައެވެ.

އެގޮތުން މި ހަމަނުޖެހުންމަށް ފަހު، އެމީހުންގެ މަންމަ ކްރިސް ޖެނާ ވަނީ، އާއިލާ ހަމައަކަށް އަޅުވާ ގުޅުން ބަދަހިކުރުމަށް ކެލެފޯނިއާގެ ޕާމް ސްޕްރިންގްސް ގައި ހުންނަ އޭނަގެ ގެއަށް އާއިލާއެއްކޮށް ވެކޭޝަންއަކަށް ގޮސްފައެވެ. އެގޮތުން މި އެޕިސޯޑުގައި އާއިލާ އެންމެން އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ދައްކާއިރު، އެންމެ ފުރަތަމަ ކައިލީ އާއި ކެންޑަލްއާއި ދެމެދުގައި މައްސަލަ ޖެހުނީ، ކެންޑަލް ލާން އުޅުނު ހެދުމެއް ކައިލީ ލީކަމަށް ބުނެއެވެ.

އެގޮތުން މި ހެދުމަކީ، އެ ދުވަހުގެ ރޭގަނޑު ބޭރަށް ދާން ރާވާފައި އޮތުމުން، ކެންޑަލް އަތުގައި ލާނެ ކަމުދާ ހެދުމެއް ނެތުމުން ދައްތަ ކޯޓުނީ އޭނައަށް ދޭން ބުނި ހެދުމެއްކަމަށް ކެންޑަލް ބުނެއެވެ. ނަމަވެސް އެ ހެދުން ކައިލީ ބޭނުންވުމުން އޭނާ ލައިގެން ދިޔަ ކަމަށް ބުނެ ދެބަސްވުން ހިނގިއެވެ.

ނަމަވެސް، ދެމީހުންގެ ދެމެދުގައި ތަޅާ ފޮޅުން ހިނގީ، އެރޭ ގެއަށް ދިޔަ މަގުމަތީގައެވެ. އެގޮތުން އެރޭ ބޭރުގައި ހޭދަކުރުމަށްފަހު، ކެންޑަލް، ކައިލީ އަދި އެމީހުންގެ މަންމަގެ ލޯބިވެރިޔާ ކޯރޭ ދިޔައީ އެއް ކާރުގައެވެ. އަދި ދެން ބާކީ ހުރި މީހުން، ކްރިސް، ކިމް، ކޯޓްނީ އަދި ކްލޯއީ ދިޔައީ ވަކިން ކާރެއްގައެވެ.

ހަމަނުޖެހުން ހިނގީ، ކައިލީ ކައިރީ ކެންޑަލްގެ އަމިއްލަ ގެއަށް އޭނާ ލައިދޭން ބުނުމުން، އެކަމާ ކައިލީ ދެކޮޅު ހެދުމުންނެވެ. ކައިލީ މިކަމާ ދެކޮޅު ހަދުމުން، ދެމީހުން ޒުވާބުކޮށް ތަޅާފޮޅާފައިވާއިރު، ކެންޑަލް ކާރުން ބޭރުކޮށް ގޭސް ސްޓޭޝަނެއް ކައިރިއަށް ލުމަށްފަހު ކައިލީ އާއި ކޯރޭ ކާރުގައި ދިޔައި ކަމަށް ކެންޑަލް ބުނެފައިވެއެވެ.

މިގޮތަށް ކަންތައް ވުމުން ކެންޑަލް ބަލައި ގޮސްފައިވަނީ، އޭނަގެ ދައްތަ މެންނާއި އޭނަގެ މަންމައެވެ. ކެންޑަލް މި ވާހަކަތައް އެމީހުންނަށް ކިޔައިދީފައިވާއިރު، ކައިލީ އޭނާ އަރައިގެން ހުރި އުސްފައިވަނުން ކެންޑަލްގެ ކަރުގައި ޖެއްސިކަމުގައި ކެންޑަލް ބުންޏެވެ. އަދި ކޯރޭ އޭނައާއި ދިމާލަށް ހުތުރު ބަހުން ވާހަކަ ދައްކިކަމަށްވެސް ކެންޑަލް ބުންޏެވެ.ދުނިޔޭގެ މަޝްހޫރު ސެލެބްރިޓީ އާއިލާ ކަމުގައިވާ ކާޑޭޝިއަން-ޖެނާގެ އާއިލާ އާއި ބެހޭގޮތުން، އަންނަ މި ރިއަލިޓީ ޝޯ، އަންނަ އަހަރު ނިއްމާލަން ހަމަޖެހިފައިވާކަމަށް މިހާރު ވަނީ އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ