ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޒަލޭންޑް ކީޕަރު ސޮމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްޕެއިން ގްރޫޕްގެ އެއްވަނައަށް އަރައިފިއެވެ.
ސްޕެއިންގައި ރޭ ކުޅެވުނު މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ ސްވިޒަލޭންޑްގެ ކީޕަރު ސޮމާ އެޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ ޒަހާއަށް އޭރިއާތެރެއިން ޖެއްސި ބޯޅައެއް ހޯދުމަށްފަހު މެރީނޯ ދިން ޕާހަކުން އޮޔަޒަބާއީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާ ނުރައްކާވާ ކަހަލަ ހަމަލާތަކެއް އިދިކޮޅު ޓީމުގެ ގޯލަށް ދެޓީމަށްވެސް ފޮނުވާލެވިފައެއްނުވެއެވެ. މެޗުގެ ކުރީކޮޅު ސްވިޒަލޭންޑުން ނުރައްކާކުރިނަމަވެސް، މާގިނައިރުތަކެއްނުވެ، ސްޕެއިންއިން މެޗުވަނީ ކޮންޓްރޯލް ކޮށްފައެވެ.
???????? Mikel Oyarzabal turns in the box to give Spain the lead ⚽️#NationsLeague pic.twitter.com/lpXEXPoDa9
— UEFA Nations League (@EURO2020) October 10, 2020
ލަނޑުޖަހާނެ ފުރުޞަތުތައް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާއިރު، މެޗުގެ ވަރަށް ކުރީކޮޅު ސްވިޒަލޭންޑްގެ ޑިފެންޑަރު ބެނީޓޯ ފޮނުވާލި ހަމަލާއާއި އެކަނިމާ އެކަނި ބޯޅައާއެކު އަރާ ފޯވާޑު މެހްމެޑީ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އަދި ސްޕެއިންގެ ފެރެން ޓޮރޭޒް ބޮލުން ފޮނުވާލި ހަމަލާއާއި ސްޕެއިންއަށް ލަނޑު ކާމިޔާބުކޮށްދިން އޮޔަޒަބާއީއަށް ގޯލްގެ އަރިމަތިން ހުހަށް ލިބިގެންދިޔަ ފުރުޞަތުވެސް ފާހަގަކޮށްލެވެއެވެ.
މިގްރޫޕްގައި ރޭ ކުޅުނު އަނެއް މެޗުގައި ޖަރުމަނީ އަދި ޔޫކްރެއިން ބައްދަލުކުރި މެޗު ޖަރުމަނީ ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނީގެ ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ މެތިއަސް ގިންޓާއާއި ލެއޯން ގޮރެޒްކާއެވެ. ޔޫކްރެއިންގެ ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މަލިނޮވްސްކީއެވެ.
ރޭގެ މެޗުން މޮޅުވެ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު ސްޕެއިން އޮތީ ލީގު އޭ ގްރޫޕް 4 ގެ އެއްވަނާގައެވެ. 5 ޕޮއިންޓާއެކު ދެވަނާގައި ޖަރުމަނީ އޮތްއިރު ތިންވަނާގައި އޮތް ޔޫކްރެއިންއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
⚽️ Today's results...
???? Who did it best?#NationsLeague
— UEFA Nations League (@EURO2020) October 10, 2020



