ފޮޓޯ: ފިނޭންސް މިނިސްޓްރީ

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ލޯނު އެގްރިމެންޓްގައި ސޮއިކޮށްފި

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެގްރިމަންޓްގައި މިއަދު ސޮއިކޮށްފި އެވެ.

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއި ކުރެއްވިއިރު، ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އެވެ.

މި ލޯން އެގްރިމެންޓްގައި ވާގޮތުން މި ލޯނު އަނބުރާ ދައްކަން ޖެހޭނީ، މަޝްރޫއު ނިމޭތާ ފަސްއަހަރު ދުވަހުންނެވެ. އަދި ލޯނު އަނބުރާ ދައްކަން ފަސް އަހަރު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ