އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ރައްކާތެރިކަމާމެދު އެއްވެސް ޔަޤީން ކަމެއް ނެތުން!

އަވައްޓެރި އިންޑިޔާ އިން ބޭނުންނަމަ ދިވެހިރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ރައްކާތެރިކަމާމެދު އެއްވެސް ޔަޤީން ކަމެއް ނެތުން ކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރައްވަމުން އަންނަ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން އެ ޤައުމުން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެކަންކުރާނެކަމަށާއި، ރާއްޖެ ހިފައި ދަށުކޮށްލަން ބޭނުންނަމަ މިހާރު އޮންނާނީ އެކަންކޮށްފައިކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިންޑިއާއަކީ މާ ބާރުގަދަ ޤައުމެއްކަމަށެވެ. އެ ގޮތުން އެމީހުންގެ ބާރުގެ ދަށަށް ރާއްޖެ ގެންދަން ބޭނުންވެއްޖެނަމަ ދިވެހިން މަރާފައިވެސް އެ މީހުން އެކަންކުރާނެކަމަށެވެ.

ނަމަވެސް މި ސަރުކާރަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންވާނެ އެއްވެސްކަމެއް ނުކުރާނެކަމަށާއި އިންޑިއާއިން ވެސް އެކަހަލަކަމެއް ނުކުރާނެކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގައި އެއްވެސް ޤައުމަކަށް ދިވެހިރާއްޖެ ނުހިފޭނެ ކަމަށެވެ.

"ހުރިހާ ދިވެހިން މަރާފައިވެސް އިންޑިޔާއިން ބޭނުންނަމަ، ރާއްޖެ ހިފާނެ ކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއިމެދު އެއްވެސް ޔަޤީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް" އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޑިޔާ ބޭނުންނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ރައްކާތެރިކަމާމެދު އެއްވެސް ޔަޤީން ކަމެއް ނެތުން!

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ