50 މޭލަށް ވައިގަދަވާނެ ކަމަށް ލާފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި

50 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު މެންދުރުފަހު 3:00 އިން މިރޭ 7:00 އާއި ދެމެދު ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހެނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައިވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރަހައްދުގައި އުފެދިފައި އޮތް ލޯ ޕްރެޝާ ޓްރަޕްގެ ސަބަބުން ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އަތޮޅުތަކުގެ މަތީގައި އުފެދެމުންދާކަމަށާއި އެހެން ކަމުން ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ވިއްސާރާގައި މެދު ރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގައި ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށާއި އަދި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އިރު ވިލާގަނޑު ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭކަމުގައިވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ މިއަދު ވަނީ ޔެލޯ އެލާޓްވެސް ނެރެފައެވެ. އެހެން ކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް އިންވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ