މޫސުން އިތުރަށް ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެެރެފި

މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރަފައި ވަނިކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅަކަށެވެ.

މެންދުރުކުރި 11:00 އިން ހަވީރު 15:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން އަތޮޅުތަކުގައި ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، މެދުރާއްޖެތެރޭގެ ކަނޑުުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ