ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް - ފޮޓޯ: މަޖލިސް

ރައީސް ނަޝީދު ޖެއެސްސީއަށް ފޯރުވާ ނުފޫޒު މިހާރުން މިހާރަށް ހުއްޓާލާ: ޝިޔާމް

ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ޖެއެސްސީއަށް ފޯރުވާ ނުފޫޒު މިހާރުން މިހާރަށް ހުއްޓާލުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ގޮވާލައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، .އިހުލާސްތެރި ހިތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ގަބޫލުކުރުންތައް ދިވެހި ރާއްޖޭގައި ހިފެހެއްޓިފައި ހުންނަންޖެހޭ ކަމަށާއި އަދި މިއީ އިސްލާމީ ގައުމެއް ކަމުން އިސްލާމީ ޝަރީއަތް ދަމަހައްޓަން ޖެހޭ ކަމަށެވެ.

"އިންސާފުވެރި ފަނޑިޔާރުގެޔެއް ގާއިމްކުރަން ޖެހޭ. ކޯޓުތަކުގެ ހައިކޯތުގެ ގާޒީއަށް އެއުޅެނީ ރައީސް ޔާމީންގެ ޝަރީއަތް ތާވަލު ނުކުރެވިގެން. އެތައް ތާރީހެއް އެބަދޭ. އެހެންނަމަވެސް ޖޭއެސްސީގެ ނުފޫޒު ހައިކޯޓަށް އޮތީމައި މިއަދު އެންމެ އިސް ފަނޑިޔާރަކަށް ހުންނެވި ރައޫފަށް އެއުޅެނީ އެ މައްސަލައިގެ ޝަރީއަތް ޝެޑިއުލް ކޮށްލަން ނުކެރިގެން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާލުވީ، އެ ޝަރީއަތްތައް ކެންސަލް ކުރަމުން އެ ދަނީ ޖޭއެސްސީގައި ތިއްބަވާ ބޭފުޅުންނަށް އެ މައްސަލަ ނިމޭނެ ގޮތަކާ ދޭތެރޭގަ ޝައްކު އުފެދޭނެތީ އެ މައްސަލަ ނިމޭނެގޮތް ޔަގީން ކުރުމަށްޓަކާ ކަމަށާއި ރައްޔިތުން މަޖިލީހުގައި ތިއްބަވާ ޖޭއެސްސިގެ 2 މެމްބަރުން ކަމަށްވާ، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދަށް ޖޭއެސްސިއަށް މި ފޯރުވާ ނުފޫޒު މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ