ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކޮށް، ބަނގުރާ ދަޅުތަކަކާއެކު ދެ މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޓްރެފިކް ޕޮލިސް އާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެ ކާރު ހުއްޓުވާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ 22:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިންކަމަށެވެ.
އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައާ ގުޅިގެން 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ.




