ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.
ބީއެމްއެލް އިން އެ ބޭންކް ގެ ކޮމިއުނިޓީ ފަނޑު މެދުވެރިކޮށް އެކިކަހަލަ މަޝްރޫޢުތަކަށް ކުރިޔަށް ގެންދިއުމަށް ގިނަ ރައްރަށަކަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ތަޢާރަފުކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 މަޝްރޫޢެއް އެ ބެންކުން ވަނީ ހޮވާފައެވެ.
އެގޮތުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހޮވިފައިވާ ފަސް މަޝްރޫއަކީ:
- ރ. ކިނޮޅަހު ވޭސްޓްމެނޭޖްމަންޓް ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުން
- ބ. ގޮއިދޫގައި އާންމުން ބޭނުން ކުރުމަށް ހިތްފަސެހަ ރީތި މާހައުލެއް ގާއިމުކޮށްދިނުން
- ގއ. ކޮލަމާފުށީ ސްކޫލްގައި އާރް.އޯ ޕްލާންޓެއް ގާއިމުކޮށް ސާފުބޯފެން ދަރިވަރުންނަށް ފޯރުކޮށްދިނުން
- ގދ. ނަޑެއްލާގައި ސޯލާ ލައިޓް ހަރުކޮށް ނޭޗާރ ޕާރކެއް ތައްޔާރުކުރުން
- ޏ. ފުވައްމުލަކު ގެ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުން
ބޭންކް އޮފް މޯލްޑިވްސްއަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ލިބޭއިރު، އެ ބޭންކް އިން ތަޢާރަފް ކުރި ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް’ އަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމަޢުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް “އަހަރެންގެ ބޭންކް” ގެ ނަމުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.



