ސަމާލުވޭ! ވައިގަދަވެ، ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓް ހަލާކުވެއްޖެ

ރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ވައިގަދަ ވުމުގެ ސަބަބުން ސިނަމާލެ ބުރިޖުގެ ޓްރެފިކްލައިޓް ބައްތިއެއް ހަލާކުވެއްޖެއެވެ.

ހަލާކުވެފައި ވަނީ، ހުޅުމާލެ ކޮޅު އަންނަ ވެހިކަލްތައް ބުރިޖަށް އެރުމަށާއި، ހުޅުލެއަށް ވަނުމުގައި ސިގްނަލްދޭ ޓްރެފިކް ލައިޓެވެ.

ހުޅުލެ އާއި ހައިވޭ އަދި ބްރިޖްގުޅޭ ތަނުގައި ހުރި ޓްރެފިކްލައިޓްތަކުގެ ތެރެއިން ލައިޓެއް ހަލާކުވުމާއިއެކު އެތަނުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކުރިންވެސް ހައިވޭ އާއިބުރިޖުގައި، އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުން ގެންދެއެވެ.

މިކަމާގުޅިގެން ފުލުހުން ވިދާޅުވީ، ހުޅުމާލެއިން މާލެއަށް އަދި އެއާޕޯޓަށް ދަތުރުކުރާ އުޅަނދުތަކަށް ސިގްނަލްދޭން ހުންނަ ޓްރެފިކް ލައިޓް ރޭ އައި ކޮޅިގަނޑެއްގައި ވެއްޓިފައިވާތީ ހުޅުމާލެއިން މާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް ދަތުރު ކުރާ ފަރާތްތައް ސަމާލުވުމަށް ދަންނަވާ ކަމަށެވެ.

ސަމާލުވޭ! ވައިގަދަވެ، ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓް ހަލާކުވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ