މޫނު ބުރުގާ އަޅައިގެން ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގައި ނުކިޔެވޭނެކަމަށް އެއްވެސް އުސޫލެއްގައި ކަނޑައަޅާފައި ނުވާނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވިދާޅުވެއްޖެއެވެ.
އެމްކިއުއޭ އިން މިހެން ވިދާޅުވީ، މަންދު ކޮލެޖުގެ ދަރިވަރަކު އޮންލައިން ކްލާހުގައި ބައިވެރިވާނަމަ ކްލާސް ކުރިއަށްދާ ވަގުތުތަކުގައި މޫނު ނަގައިގެން ނުހުރެވޭނަމަ ކޯހުން ވަކިވުމަށް އެންގި މައްސަލައިގައި މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މޫނު ނަގައިގެން ކްލާހުގައި ހުރުމަށް ނުވަތަ ކޯހުން އަމިއްލައަށް ވަކިވުމަށް މަންދު ކޮލެޖުން އަންގާފައިވަނީ މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން، މަންދު ކޮލެޖުގައި މަތީ ތައުލީމް ހާސިލުކުރަމުންދާ ސިމާނާ އަލީއަށެވެ. މަންދު ކޮލެޖުން އެ ދަރިވަރަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައިވަނީ، އޮންލައިން ކްލާސް ކުރިއަށްދާއިރު އަބަދުވެސް ދަރިވަރުގެ މޫނު ސާފުކޮށް ފެންނާން ހުންނަންވާނެކަމަށް އެމްކިއުއޭގެ މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެފަދަ އުސޫލެއް/ގަވާއިދެއް/މިންގަނޑެއް އެމްކިއުއޭއިން ކަނޑައަޅާފައިވާނެތޯ ސުވާލުކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ޑރ. ޢަބްދުލްހައްނާން ވަހީދު ވިދާޅުވީ، "މޫނު ބުރުގާ އަޅައިގެން ނުކިޔެވޭނެކަމަށް" އެއްވެސް އުސޫލެއް ނުވަތަ މިންގަނޑެއްގައި ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އެ އޮތޯރިޓީއަކީ ތައުލީމީ ޕްރޮގްރާމްތަކުގެ ފެންވަރު ކަނޑައަޅާ ތަނެއް ކަމަށާއި، އެގޮތުން މިންގަނޑުތަކުގެ ތެރޭގައި ކަނޑައަޅާފައި ހުންނާނީ ދަރިވަރު ކްލާހަށް ހާޟިރުވާންޖެހޭ މިންވަރު ކަމަށެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ގިނަ ކްލާސްތަކެއް އޮންލައިންކޮށް ކިޔަވައިދެމުންދާއިރު، ދަރިވަރު ކްލާހަށް ހާޟިރުވިކަން ކަށަވަރު ކުރުމަކީ ކޮލެޖްތަކުން ބަލާ ކަންކަން ކަމަށާއި، އެކަން ބަލާނީ ކިޔަވައިދޭ މަރުކަޒުން ކަމަށްވެސް ޑރ. ޢަބްދުލްހައްނާން ވަހީދު ވިދާޅުވިއެވެ.
"ކޯހުގެ (މަންދު ކޮލެޖުގެ ބެޗްލާރސް އޮފް ޓީޗިން) އޮރިއެންޓޭޝަން ބޭއްވީ މިދިޔަ ހުކުރުދުވަހު، އެދުވަހު ކޮލެޖް މީހުނަށް މި ފެނުނީ އަޅުގަނޑު މޫނުބުރުގާ އަޅައިގެން ހުރިތަން. ހުރިހާ ގަޑިއަކު ވީޑިއޯ ޖައްސަން ޖެހުމުން. ވީޑިއޯ ޖެއްސިގަޑީ މިމީހުންނަށް އެނގުނީ އަޅުގަނޑު މޫނުބުރުގާ އަޅައިގެން ހުރިކަން، ހަމަ އެވަގުތު ކޮލެޖުން ގުޅައިފި، ގުޅާފައި ބުނީ މޫނުބުރުގާ އަޅައިގެން އުޅޭކަމެއް ނޭގެއޭ ތިމަންނަ މެންނަކަށް. އަސްލު ނުވަދެވޭނޭ މޫނުބުރުގާ އަޅައިގެން. ދެން އަޅުގަނޑު ބުނީ ކިހިނެއް ވެގެންހޭ ނުވަދެވޭނީ، ބުނީމަ ބުނީ އެމްކިޔުއޭ އިން ހުއްދަ ނުދޭނެއޯ މޫނު ނުފެނި ހުންނަން. ވީޑިއޯއެއްވިޔަސް ފެންނަން އިންނަން ޖެހޭނޭ." ކަން ހިނގާ ދިޔަގޮތް "ފެށުމަށް" ހިއްސާކުރަމުން ސިމާނާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން މަންދު ކޮލެޖާއި ސުވާލުކުރުމުން އެ ކޮލެޖުން ވިދާޅުވީ، މިކަމުގައި ބަހެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.
މޫނު ބުރުގާ އެޅި ދަރިވަރެއް ނަމަވެސް، އެއީ ކާކުކަން ކަށަވަރުކޮށް ކިޔަވައިދެވޭނެ އެހެނިހެން ގޮތްތައްވެސް ހުރިނަމަވެސް، އެމްކިއުއޭ ހުއްދަ ނުދޭކަމަށްބުނެ މަންދު ކޮލެޖުން މޫނު ބުރުގާއެޅި ދަރިވަރަކު ކޯހުން ވަކިވުމަށް އެންގުމުން ގިނަ ބައެއްގެ ފާޑުކިޔުން އެ ކޮލެޖަށް ވަނީ އަމާޒުވެފައެވެ.





4 Responses
Me: madam, I think the marks uploaded is incorrect. I’m very confident I should be getting a HD in this module. I studied very well and I am happy with the exam too. Can u pls check with lecturer
College: you cannot claim for recheck unless you failed the subject.
Lecture innah musaara dhinumugaves harukashi adhi olhuvaalun bodhuthaneh
Ehves fenvarehneh meehakah english medium in Mandhu college in hingaa MBA course akun jaaga dhee certificate vanee dheefa. MQA akah kankan nubeley. Mandhu college akun fenvaru nuhifehehtey. Mee v bodu mahsala eh
I hate this college. They have no empathy toward their students. Very arrogant and rude. Delay in uploading marks and the marks uploaded are manipulated. They wouls forget to inform students on important issues. But they will never forget to collect fines from students. They havent updated their handbook. But they keep taling 500 to 1000mvr as fine. When it is clearly mentioned in the handbook that mvr300.