ދަންޖެހުނު މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ގދ. ތިނަދޫގައި ދަން ޖެހުނު ދިވެއްސަކުގެ ހާލު ސީރިއަސްވެ، ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި ދަންޖެހުމުގެ ސަބަބުން ފަރުވާދެމުންދަނީ ތިނަދޫގައި ދިރިއުޅެމުންދާ 21 އަހަރުގެ ވާދޫ ފިރިހެނަކަށެވެ.

އޭނާ ދަންޖެހުނު ސަބަބު އަދި ސާފުވެފައި ނުވާއިރު، ދަންޖެހުމަކީ އިސްލާމް ދީ ނުގައި ކުފުރުގެ ތެރޭގައި ހިމެނޭ ފާފައެކެވެ.

މަދުން ނަމަވެސް ދަންޖެހުމުގެ ހާދިސާތައް ރާއްޖޭގައިވެސް ހިނގަމުންދާއިރު، އެފަދަ ހާދުސާއެއްގައި މިއަހަރު ކުރީކޮޅު 18 އަހަރުގެ ޒުވާނަކުވެސް މަވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ