މިރޭ ހައްޔަރުކުރި ހަނގުރާމަވެރިއާގެ ގެ ފުލުހުން ބަލައި ފާސްކުރަން ފަށައިފި

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އައިތަނުން މިރޭ ހައްޔަރުކުރި ދިވެހި މީހާގެ ގެ ފުލުހުން ބަލައި ފާސްކުރަން ފަށައިފިއެވެ.

މިރޭ 21:00 ގައި ފުލުހުން މީޑިއާއަށް މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ، ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެ އައި ދިވެހި ފިރެހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިކޭސްއާއި ގުޅޭ އިތުރު މައުލޫމާތު ދެމުން ފުލުހުން ދާދިދެންމެއަކު ބުނެފައިވަނީ ހައްޔަރުކުރި މީހާގެ ގެ ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިވަގުތު ދަނީ ކުރަމުން ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ކޭސްއާއި ގުޅިގެން ފުލުހުން ބަލައިފާސްކުރަމުންދަނީ ރާދަފަތި ހިނގުމުގައި ހުއްނަ ގެއެކެވެ. ނަމަވެސް ފުލުހުން މި މައުލޫމާތު ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މީގެކުރިންވެސް ބޭރުގެ ގައުމުތަކުގައި ހިނގަމުން އަންނަ އެކިއެކި ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ބަޔެއް މީހުން ފުލުހުންވަނީ ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުވާވެސް ކޮށްފައެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ބޭރުގައުމުތަކަށް ގޮސް އެގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރި ވުމަކީ މަނާކަމެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ