ކާބުލް އަށް ރޮކެޓް ހަމަލާތަކެއްދީ 8 މީހުން މަރާލައިފި

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މީހުން ދިރިއުޅޭ ސަރަހައްދަށް ހަނގުރާމަވެރިން ރޮކެޓް ހަމަލާތަކެއްދީ އަށް މީހުން މަރާލައިފިއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުންނާއި ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ މި ރޮކެޓް ހަމަލާތަކުގައި އަށް މީހުން މިހާތަނަށް މަރުވެފައިވާއިރު 30 ވުރެ ގިނަ މީހުންވަނީ ޒަހަމްވެފައެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީއިން މައުލޫމާތު ދޭގޮތުގައި މި ހަމަލާތައް ދީފައިވަނީ ކާބުލް ސިޓީގެ ތެރޭގައި އޮތް ޕިކަޕް ޓުރަކެއްގެ ތެރެއިންނެވެ. މި ހަމަލާތަކުގެ ޒިންމާ އައިސް ހަނގުރާމަވެރި ޖަމާއަތުން މިހާރުވަނީ އުފުލައިފައެވެ.

ކާބުލްގެ އާމުންނަށް އަމާޒުކޮށް އައިސް ޖަމާއަތުން ރޮކެޓް ހަމަލާތަކެއް ދީފައި މިވަނީ އަފްގާނިސްތާނުގައި ސުލްހަ ގާއިމްކޮށް އެމެރިކާ ސިފައިން އެގައުމުން ބޭލުމުގެ މަޝްވަރާތަކެއް ތޯލިބާނުންނާއި އެމެރިކާގެ އޮފިޝަލުން ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މިހަފްތާގެ ކުރީކޮޅު އެމެރިކާ ސަރުކާރުންވަނީ އަންނަ އަހަރުގެ ޖެނުއަރީ މެދުތެރޭގައި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ 2،000 މީހުން އެގައުމުން ބޭލުމުގެ ޕްލޭނެއް އިއުލާން ކޮށްފައެވެ. މި ނިންމުމަށް ބަޔެއް ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. މިގޮތުން މި ފަރާތްތަކުން ބުނާގޮތުގައި ކުއްލިގޮތަކަށް އަފްގާނިސްތާނުން ސިފައިން ބާލާނަމަ އެގައުމުގައި ޓެރަރިސްޓުންގެ ބާރު ފަސޭހަކަމާއެކު ގަދަކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ