މޫސުން ގޯސްވެ މުޅި ދިވެހިރާއްޖެއަށް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދެންމެ ނެރުނު އެލާޓްގައި ބުނެފައި ވަނީ މިއަދު މެންދުރު ފަހު 3:00 އިން މިރޭ 9:00 އާއި ހަމައަށް މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަނދަވާނެ ކަމަށްވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.
މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާއިރު، މި ދުވަސް ވަރަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދުގެ މޫސުން ލަފާކުރާ ގޮތުގައި އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ދެކުނުގެ އެކިހިސާބަށް ކެރިއާއެކު ގުގުރުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެތެރޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަ ވާނެ ކަމަށާއި އަދި ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދު ހުންނާނެކަމަށްވެސް މެޓް އޮފީހުން ވިދަޅުވެފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައި ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވާ ކަމަށެވެ.



