ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ގިނަ އަދަދެއްގެ ފެލްކަންސް ދޫނިތަކެއް ޕާކިސްތާނުން ބޭރުކުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.
ވަގު ބާޒާރުގައި1.2 މިލިއަން ޑޮލަރުގެ އަގުހުރި މި ދޫނިތައް ޕާކިސްތާނުން ބޭރުކުރަން އުޅެފައިވަނީ އަރަބި ގައުމުތަކަކަށް ކަމަށް ބެލެވޭއިރު މިއީ އަފްގާނިސްތާނުން ގެނެސްފައިވާ ދޫނިތަކެއް ކަމަށް ބެލެވޭކަމަށްވެސް ކެލެކްޓާ އޮފް ކަސްޓަމްސް މުހައްމަދު ސަގިފް ވިދާޅުވެފައި ވެއެވެ.
ދޫނި ބޭނުންކޮށްގެން ޝިކާރަކުރުމަކީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ވަރަށް މައްޝޫރު ކުޅިވަރެކެވެ. އަދި މިކަމުގައި އަރަބި ގައުމުތަކުގެ ގިނަ މަހުޖަނުން ބައިވެރިވެއެވެ. މިހެންކަމުން ޝިކާރަކުރުމަށް ބޭނުންކުރާ ދޫންޏަށް އޮއްނަ ޑިމާންޑް ވަރަށް ބޮޑެވެ.
ސަގިފް ވިދާޅުވެފައިވަނީ ފެލްކަންސްތައް ޕާކިސްތާން ކަސްޓަމްގެ އެންޓި ސުމަގުލިން އޮރގަނައިޒޭޝަނުން އަތުލައިގަނެފައިވަނީ ޕާކިސްތާނުން ބޭރުކުރުމަށްޓަކައި ތައްޔާރުކޮށްފައިވަނިކޮށް ޕާކިސްތާނުގެ ދެކުނުގެ ޕޯޓް ސިޓީއެއް ކަމަށްވާ ކަރާޗީއިން މިހަފްތާގައި ކަމަށެވެ.
މިމައްސަލައިގައި މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާއިރު ޕާކިސްތާނުގެ ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




