ހދ. ކުޅުދުއްފުށިން އުމުރުން ދުވަސްވީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިކަން ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން "ފެށުމަށް" ކަށަވަރުކޮށްދެއްވާފައެވެ.
އުމުރުން ދުވަސްވީ މީހެއްގެ އިތުރުން އިތުރު 3 މީހަކު މިއަދު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމުގެ މަޢުލޫމާތު މިނޫހަށް ލިބިފައިވީނަމަވެސް، ރަސްމީ އިދާރާތަކުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އުމުރުން ދުވަސްވީ މީހަކު ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ، ބޮޑުތިލަދުންމަތީ ޕޮލިސް ކްލަސްޓާއާ ގުޅިގެން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13 އަށް އަރައިފައި ވަނިކޮށެވެ.
މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ. އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވި އެވެ. އަދި ށ ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.
އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީން ޕޮޒިޓިވްވެފައިވާއިރު، އިތުރު ދެ ފުލުހަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި މިރޭ ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. މިއީ ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައި 4 ވަނަ ފަހަރެވެ.





ހިޔާލު
އަލަކަށްނޫން ދުވަސްވީ މީހަކަށް މިޖެހުނީ އެއް، ކުރިންވެސް ޖެހުން