ކޮވިޑް-19 އާއި ގުޅޭ މަޢުލޫމާތު ހޯދުމަށް އެޗްޕީއޭއިން ގެންގުޅޭ ހޮޓްލައިން ނަންބަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑް-19 ގެ ހޮޓްލައިން ނަންބަރު 1676 އަށް ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާކަމަށެވެ. އަދި މިމައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށްޓަކައި މިހާރުވެސް މަސައްކަތްކުރަމުންދާކަމަށާއި، ދިމާދެވާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.
Our #COVID19 hotline, 1676 is currently experiencing technical difficulties.
We will be resuming calls as soon as possible.
Apologies for the inconvenience caused.
— Health Protection Agency (@HPA_MV) October 18, 2020
އެޗްޕީއޭގެ 1676 ނަންބަރަކީ މީސްލްސް އަދި ނޮވެލް ކޮރޯނާ ވައިރަސްއާއި ގުޅޭގޮތުން މަޢުލާމާތު ހޯދުމަށް ގެންގުޅޭ ނަންބަރެކެވެ. އެނަންބަރަކީ 24/7 ހިލޭ ގުޅޭ ނަންބަރެކެވެ.
އަދި މަައްސަލަ ދިމާވިތާ މާގިނައިރުތަކެއް ނުވެ، ދިމާވި މައްސަލަ ޙައްލުކޮށް ހޮޓްލައިން ނަންބަރުގެ ޚިދުމަތް ލިބެމުންދާނެކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ.
Our #COVID19 hotline, 1676 has resumed services.
We apologize for the inconvenience caused and thank you for your patience.
— Health Protection Agency (@HPA_MV) October 18, 2020
ކޮވިޑް-19ގެ ހޮޓްލައިން ނަންބަރަކީ އަބަދުވެސް ވަރަށް ގިނަ ބަޔަކު ގުޅާ ވަރަށް ބާޑުވާ ނަންބަރެކެވެ. އަދި މިއީ މިފަދަ ޓެކްނިކަލް މައްސަލަތައް މިނަންބަރަށް ދިމާވި ފުރަތަމަ ފަހަރު ނޫންކަންވެސް ފަހަގަކޮށްލެވެއެވެ،



