ސައިބް އެރެޣާތުގެ ހާލު ސީރިއަސްވެ އިސްރާއިލްގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށައިފި

ފަލަސްތީން އިސްރާއިލްގެ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ފަލަސްތީނުގެ އެންމެ އިސް ލީޑަރުކަމަށްވާ ސައިބް އެރެޣާތުގެ ހާލު ސީރިއަސްވެ އިސްރާއިލްގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށައިފިއެވެ.

އުމުރުފުޅުން 65 އަހަރުފުޅުގެ އެރެޣާތުގެ ހާލު ސީރިއަސްވެ އިސްރާއިލްގެ ހޮސްޕިޓަލެއްގައި ފަރުވާދޭން ފަށައިފައި މިވަނީ މިމަހުގެ ކުރީކޮޅު އެރެޣާތު ކޮވިޑް-19 އަށް ޕޮޒިޓިވުވެސް ވެފައި ވަނިކޮށެވެ.

ފަލަސްތީނުގެ ލިބެރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެރެޣާތު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެ ނޭވާލުމުގެ ނިޒާމަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ޕީއެލްއޯގެ ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ އެރެޣާތު އެޑްމިޓް ކޮށްފައިވަނީ އިސްރާއިލްގެ ތެލްއަވީވް ސިޓީގެ ހޮސްޕިޓަލެއްގައެވެ.

އިސްރާއިލުގައި ކޮވިޑް-19ގެ ޕޮޒިޓިވު ކޭސްތައް މަދުވާން ފެށުމާއި ގުޅިގެން އިސްރޭއިލުން މިހާރުވަނީ އެގައުމުގައި އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ