ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ ގަޔައް ވަޅި ޖަހައިފި

ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ ގަޔައް ވަޅި ޖަހައިފިއެވެ.

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ވަޅިޖަހާފައިވަނީ، ކުރީގެ ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ މާމިގިލި ދާއިރާގެ ރައީސް އިބްރާހީމް ރަޝީދުގެ (މާމިގިލި އިބޫ) ކޮނޑު ކަށިގަނޑާއި މޭ އާއި ދޭތެރެއަށެވެ.

"ތޫނު އެއްޗަކުން ލިބިފައިވާ ޒަހަމަކާއެކު އޭޑީކޭއަށް މީހަކު ފަރުވާ ހޯދަން އައިސްފައިވާކަމަށް އޭޑީކޭއިން ފުލުހުންނަށް މިރޭ 22:51 ހާއިރު ރިޕޯޓްކޮށްފައިވޭ." ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ރަޝީދު ގަޔަށް ވަޅި ޖަހާފައިވަނީ މިރޭ އިރާކޮޅު، ކަށިމާހިނގުމުގައި ހުންނަ އޭނާ ދިރިއުޅެމުންދާ ގެއަށް ވަންނަން ދަނިކޮށެވެ.

މި ހަމަލާގައި އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ވަނީ ސާފުވާގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
3611292
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ