ރޭ ދާންްދޫގައި ހިނގި މާރަމާރީއާއި ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދާންދޫގައި މިމާރާމާރީ ހިންގިކަމުގެ ރިޕޯރޓް ލިބިފައިވަނީ ރޭ 23:25 ހާއިރުކަމަށާއި، މިއީ ދެގްރޫޕެއްގެ ދެމުދުގައި ހިންގި މާރާމާރީއެއްކަމަށެވެ. އަދި މިމާރާމާރީގައި 3 މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކު ފަރުވާއަށް ރޭ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މިމާރަމާރީ އާއި ގުޅިގެން މިހާތަނަށް 9 މީހަކު ކޯޓް އަމުރެއްގެ ދަށުން ހައްޔަރު ކޮއްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް މީ މީހުންގެ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިމާރަމާރީ އާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި މަޝްހޫރު ފޮޓޯގްރާޕަރ މަސްރަހް ނައީމް ވެސް ހިމެނެއެވެ. ނަމަވެސް މިކަން އެއްވެސް ރަސްމީ އިދާރާ އަކުން ކަށަވަރު ކޮއްދީފައެއް ނުވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.



