އދ. ފެންފުށީގައި ހިނގި މާރާމާރީއެއްގައި އެކަކުގެ ބޯ ފަޅާލައި ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އދ. ފެންފުށީގައި ބައެއްގެ މެދުގައި ހިނގި މާރަމާރީއެއްގެ މައްސަލަ ރޭ 20:20 ހާއިރު ފުލުހުނަށް ރިފޯޓްކޮއްފައިވާ ކަމަށާއި، މި މާރަމާރީގައި އެކަކުގެ ބޯ ފަޅައިގެންގޮސް އަނިޔާވެފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި 26 އަހަރުގެ މީހަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ފެންފުށީގައި ހިނގި މާރަމާރީގައި ޒަހަމްވެފައި ވަނީ އެރަށު ކައުންސިލްގެ ނާއިބު ރައީސް އެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުޤީޤް ކުރަމުންނެވެ.



