މިހާތަނަށް ފެންނަ ގޮތުގައި ހދ. ކުޅުދުއްފުށީގައި ލޯކަލް ޓްރާންމިޝަނެއް ވަނީ ހިނގާފައި ކަމަށާއި އެހެންކަމުން ކުޅުދުއްފުށީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ރޭ ވިދާޅުވީ، ކުޅުދުއްފުށިން މި މަހު ފެނިފައިވާ ކޭސް ތަކާއި ގުޅިގެން ކުރިއަށް ގެންދެވުނު ކޮންޓެކްޓް ޓްރޭސިން އަދި ޓެސްޓިން ގެ ތެރޭން ހޮނިހިރު ދުވަހުގެ ރޭ 4 ކޭސް ވަނީ ޕޮސިޓިވެ ވެފައި ކަމަށާއި މިކަމާއި ގުޅިގެން އެރަށުގައި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އިތުރު ފިޔަވަޅު ތަށް ދަނީ އެޅެމުން ކަމަށެވެ.
"ޓާސްކްފޯސް އާއި އެޗްޕީއޭގެ ގެ ޓެކްނިކަލް ޓީމް އާ އެކު މަސަތްކަތް ތަށް ކުރިޔަށް ދާ ގޮތުގެ މަޝްވަރަތަށް ކުރެވި، ގައިޑެންސް ވަނީ ދެވިފަ. މިހާތަށް ފެއްނަ ގޮތުގައި ރަށުގައި ވަނީ ލޯކަލް ޓްރާންސްމިޝަން ހިނގާފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.
އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވިއެވެ. އަދި ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީން ޕޮޒިޓިވްވެފައިވާއިރު، އިތުރު ދެ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.
އަދި ހޮނިހިރު ދުވަހުގެ ރޭ އިތުރު 4 މީހުން ކުޅުދުއްފުށިން ޕޮޒިޓިވްވުމާއެކު “ބޮޑުތިލަދުންމަތީ ޕޮލިސް ކްލަސްޓަރ” އިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 17 އަށް އަރާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި މިރޭ ކުޅުދުއްފުށި ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. މިއީ ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައި 4 ވަނަ ފަހަރެވެ.




