ޅ. ކުރެންދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ކުރެންދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ، އޮކްޓޯބަރު 13 ވަނަ ދުވަހު މާލޭން ކުރަންދޫން އަށް ހޯމް ކަރަންޓީނަށް އައިސްފައިވާ މީހެއްކަމަށެވެ. އަދި އޭނާ މާލެގައި ހުރި ގޭގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން، އޭނާއަކީ، ޑައިރެކްޓް ކޮންޓެކްޓެއްކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދިނެވެ.
ސިއްހީ މަރުކަޒުން އިތުރަށް ވިދާޅުވީ، އެ މީހާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ، އެ މީހާގެ ހަށިގަނޑުން ބަލީގެ އަލާމަތްތައް ފެނިގެން ރިޕޯޓް ކުރުމުން ކުރެންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު ބެލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ.
އެރަށުން މީގެ ކުރިންވެސް މީހަކު ކޮވިޑް-19އަށް ފައްސިވިއެވެ.




