ދެކުނު އެފްރިކާގެ ސިއްހަތާބެހޭ ވަޒީރު ކޮވިޑް-19 އަށް ފައްސިވެއްޖެ

ދެކުނު އެފްރިކާގެ ސިއްހަތާބެހޭ ވަޒީރު ވެލީ މިކްޒީ އާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ސިއްހަތާބެހޭ ވަޒީރުގެ އޮފީހުން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިކްޒީ އާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި މިވަގުތު އެ ދެކަނބަލުން ތިއްބެވީ ހޯމް ކަރަންޓީނުގައި ކަމަށެވެ.

"އަޅުގަނޑާއި އަޅުގަނޑު އަންހެނުން މިވަގުތު މިތިބީ ހޯމް ކަރަންޓީނުގައި، މި ވައިރަހުން އެއްކޮށް ރަނގަޅުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންގެ އެބައޮތް" ބަޔާނުގައި މިކްޒީ ބުނެފައި ވެއެވެ.

ދެކުނު އެފްރިކާއަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވުވެފައިވާ ގައުމެވެ. މިހާތަނަށް ދެކުނު އެފްރިކާއިން 700،000 ވުރެ ގިނަ މީހުންވަނީ މިބައްޔަށް ޕޮޒިޓިވުވެފައެވެ. އަދި 18،408 މީހުން މަރުވެފައެވެ.

ސިއްހަތާބެހޭ ވަޒީރު މިކްޒީއަކީ ދުކުނު އެފްރިކާގެ މިނިސްޓަރުންގެ ތެރެއިން ފަސްވަނައަށް މި ބައްޔަށް ފައްސިވި ބޭފުޅާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ