އިންޑިއާ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 7.5 މިލިއަނަށް!

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން އިތުރު 42،276 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އިންޑިއާއިން ގިނަބަޔަކު ކޮވިޑް-19 ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވަމުންދާއިރު، މިހާތަނަށް އެޤައުމުން 7,590,514 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 42,276 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އެޤައުމުން 521 މީހަކުވަނީ މަރުވެފައެވެ.

އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމަކީ ދުނިޔެއިން ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެ، ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 6,725,219 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެޤައުމުގައި މިވަގުތު މި ބައްޔަށް ފަރުވާދެމުން ދަނީ 750,132 މީހަކަށެވެ. އޭގެތެރެއިން 8,944 މީހުންނަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ