ފޮޓޯ: ސަން

އޭސީސީގެ މެމްބަރުން ވަކިކުރަން ހުށައަޅަނީ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންގެ އިތުވާރު ނެތް ކަމަށާއި އެ މެމްބަރުން ވަކުކުރަން ހުށައަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

ބައެއް މެމްބަރުން މިފަދައިން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރާ ވެންޓިލޭޓަރތައް ގެނައުމުގެ މަސައްކަތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ 11 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެސީސީ އަށް ފާޑުވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް އަހުމަދު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭ.ސީ.ސީ އަށް އިތުބާރެއް ނެތް ކަމަށާއި އެ މެމްބަރުން ވަކި ކުރަން ހުށައަޅާނެ ކަމަށެވެ.

"މަޖިލިސް ކޮމިޓީއަށް ހެނދުނު 11 ޖަހާއިރަށް ހާޒިރުވާން އަންގާފާވަނިކޮށް، ހެނދުނު 8 ޖެހިއިރު، އަވަސްއަރުވާލާފާ، ދަށްފެންވަރުގެ ތަހުގީގީ ރިޕޯޓެއް ޕީ.ޖީ އޮފީހަށް ފޮނުވުގެ ނަތީޖާ." މީކާއިލް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި މިއަދު އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެމްބަރުން ވަކިކުރަން އެދި ހުށައަޅާނަން ކަމަށެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ