ޙައްޖު ކޯޕަރޭޝަނުން ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރަނީ

ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އިޢުލާނު ކޮށްފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ވަޤްފް ޕްރޮޕަޓީ ފަންޑެއް ތައްޔާރު ކުރުމުގައި އެހީތެރިވެދޭނެ ޕްރޮފެޝަނަލް ކޮންސަލްޓެންޓެއް ހޯދަން ބޭނުންވާކަމަށާއި، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާކަމަށެވެ.

މިކަމަށް ބީލަން ހުށައެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 21 އޮކްޓޯބަރ 2020 ން 26 އޮކްޓޯބަރ 2020 ގެ ނިޔަލަށް އެ ކޯޕަރޭޝަނުން ފޯރުކޮށްދީފައިވާ 'ބީލަން ރަޖިސްޓްރީ ފޯމް' ފުރިހަމަ ކުރުމަށްފަހު އެ ކޯޕަރޭޝަންގެ މެއިލް (admin@mhcl.mv) އަށް ނުވަތަ ރިސެޕްޝަނަށް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ވަނީ ދަންނަވާފައެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، އޮންލައިންކޮށް ޒޫމް މީޓިންގ އެއްގައެވެ. އަދި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ މި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ޙައްޖު ކޯޕަރޭޝަނުން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތާ ގުޅޭ ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 05 ނޮވެމްބަރު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ