500 މިލިއަން ޑޮލަރުގެ ކޮކެއިން ޗާރކޯލް ޝިޕްމެންޓެއްގެ ތެރެއިން ހޯދައިފި

500 މިލިއަން ޑޮލަރުގެ އަގުހުރި ކޮކެއިން ޗާރކޯލް ޝިޕްމެންޓެއްގެ ތެރެއިން ޕެރެގުއާއީގެ ފުލުހުން ހޯދައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ކޮކެއިންއަކީ އިޒްރޭލަށް ފޮނުވުމަށް މަސައްކަތްކުރި ކޮކެއިން ތަކެކެވެ. އަދި މި ހޯދި ކޮކެއިންގެ ބަރުދަން 2.3 ޓަނަށް އަރައެވެ.

މިމައްސަލައާއި ގުޅިގެން މިހާތަނަށް ދެމީހުން ހައްޔަރުކޮށްފައިވާއިރު މީގެތެރެއިން އެކަކީ މީގެކުރިން ޕެރެގުއާއީގެ ދައުލަތުގެ ޓީވީގައި ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ.

ޗާރކޯލްއަކީ ލެޓިން އެމެރިކާގެ ގައުމުތަކުގެ އެކްސްޕޯޓުގެ މައިގަނޑު އެއް މުދަލެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުންވަނީ މީގެކުރިންވެސް މިފަދަ ޝިޕްމެންޓުތަކުގެ ތެރެއިން މަސްތުވާތަކެތި ލެޓިން އެމެރިކާގެ ގައުމުތަކުން ދުނިޔޭގެ އެހެން ހިސާބުތަކަށް ފޮނުވުމަށް މަސައްކަތް ކޮށްފައެވެ.

ޕެރެގުއާއީގެ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި ފުލުހުން ހޯދި މި ކޮކެއިންއަކީ ބޮލީވިއާއިން ވައިގެމަގުން ޕެރެގުއާއީއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ. ބޮލީވިއާއަކީ މުޅި ދުނިޔޭގައިވެސް ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ކޮކެއިން އުފައްދާ ގައުމެވެ.

މިލިޔުން ކިޔާލުމުން
2211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ