އާ ހެލްތު މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެކަން ޔަޤީން: ރައީސް ނަޝީދު

އާ ހެލްތު މިނިސްޓަރ ކެރެފާ ނަސީމް ތަފާތު ދައްކަވާނެކަން ޔަޤީން ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި އަޙްމަދު ނަސީމް އަށް މަރުޚަބާ ދަންނަވާފައެވެ. ރާއްޖޭގެ ސިއްޙީ ދާއިރާއަށް ނުހަނު ބޮޑަށް ހިންގުންތެރި ތަޖުރިބާހުރި ބޭފުޅެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްގެ އެ ނިންމެވުމަކީ ވަރަށްވެސް ފުރިހަމަ ނިންމެވުމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަޤީން މިނިސްޓަރ ނަސީމް ތަފާތު ދައްކަވާނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކެރަފާ ނަސީމަކީ ރައީސް ނަޝިދުގެ އާއިލީ ބޭފުޅެއްގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ފޮރިންގ މިނިސްޓަރ ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމިުގެ މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ